އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސުންނާއި ނައިބު ރައީސުން ކަނޑައަޅައި އައްޔަނުކުރުމުގެ ބާރު ރައީސަށް ލިބިދޭގޮތަށް ގާނޫނަށް ބަދަލުގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލުތަކެއް ހުށަހަޅާފައިވާތީ ދަ ޑިމޮކްރެޓްސް އިން ކަންބޮޑުވުންފާޅުކޮށްފިއެވެ.
ޑިމޮކްރެޓްސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެއިރެއްގައި އޮންނަ ސަރުކާރަށް ނިސްބަތްވާ ފަރާތްތައް ވެސް ބައިވެރިވާ އާންމު އިންތިހާބުތައް ބާއްވާ ކޮމިޝަނަކާއި ސަރުކާރަށް ވެސް އަމާޒުވާ ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތައް ބެލުމަށް އޮންނަ އޭސީސީއަކީ ނުފޫޒެއްގައި ނުޖެހި މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރަންޖެހޭ ކޮމިޝަންތަކެއް ކަމަށެވެ.
ނަމަވެސް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުތަކުން ރައީސުލްޖުމްހޫރިއްޔާ އެ ދެ ކޮމިޝަނުގެ ރައީސުންނާއި ނައިބު ރައީސުން ކަނޑައަޅައި އައްޔަނުކުރާ ގޮތަށް ބަދަލުކުރުމަކީ އެ ކޮމިޝަންތަކުގެ މުސްތަގިއްލުކަމަށް ލޮޅުން އަރާނެ ކަމެއް ކަމަށެވެ.
"މިއީ، ދިވެހި ރައްޔިތުންގެ އިންތިހާބީ އެންމެހައި ހައްގުތަކުގެ އިންސާފުވެރިކަމާ މިނިވަންކަން ކަށަވަރު ކުރުމުގެ ޒިންމާއަދާކުރަންޖެހޭ އިލެކްޝަންސް ކޮމިޝަނާއި، ރައްޔިތުންގެ މާލިއްޔަތާއި ދައުލަތް ހިންގުމުގެ ތެރޭގައި ހިނގާ ކޮރަޕްޝަނާ ފަސާދަ މިނިވަންކަމާ އެކު ބަލާ ފިޔަވަޅު އެޅުމުގެ ޒިންމާއަދާކުރަންޖެހޭ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތުގެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާ ވަދެވަޑައިގަތުމުގެ އަމަލެކެވެ. އެހެންކަމުން މިކަމަކީ ހިންގުމުގެ ޑިމޮކްރެޓިކް އަސާސްތައްވެސް އަދި ގާނޫނުއަސާސީގެ ރޫހަށް ބަލާއިރު ވެސް ތަންދޭކަމެއް ނޫންކަމަށް ދެކެމެވެ.،" ޑިމޮކްރެޓްސްގެ ބަޔާނުގައިވެއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް