މިދިޔަ މަހު ފެމިލީ ކޯޓުން 194 ކައިވެންޏާއި 98 ވަރި ކޮށްދީފައި ވާކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފެމިލީ ކޯޓުން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު ވަރިއާ ގުޅޭ 157 މައްސަލައެއް އެ ކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަތައް ހުށަހެޅުނުއިރު މިދިޔަ އޮގަސްޓު މަހު ހުށަހެޅުނު ވަރީގެ 126 މައްސަލައެއް ކޯޓުގައި އޮތެވެ.
ދަރިންނަށް ހަރަދު ދިނުމުގެ 10 މައްސަލައެއް މިދިޔަ މަހު ހުށަހެޅިފައިވެއެވެ.
ފެމެލީ ކޯޓުން ބުނީ ގެވެށި އަނިޔާ އާއި ގުޅޭ 10 މައްސަލައެއް ވެސް މިދިޔަ މަހުގެ ތެރޭގައި ހުށަހެޅުނު ކަމަށެވެ. ހުށަހެޅުނު މައްސަލަތަކުގެ 60 ޕަަސެންޓު ހުށަހަޅާފައި ވަނީ އަންހެނުން ކަމަށް ވެސް ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ