ނިމިދިޔަ ސަރުކާރުން ދޭން ނިންމި ގޯއްޗާއި ފްލެޓު ދޫކުރަން ގޮވާލައި، ކުރިއަށް ގެންދިޔަ ޕިކަޕްބުރަށް ފުލުހުން ހުރަސް އެޅުމުން، ޕިކަޕްބުރު އެއްވުމަކަށް ބަދަލުކޮށް، ހިނގާލުމަކުން ނިންމާލައިފިއެވެ.
ގިރާވަރުފަޅު ހިއްކަން ފެށުމަށާއި ގުޅިފަޅުން ދޭން ނިންމި ގޯތިތައް ދޫކުރުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ޕިކަޕްބުރު ފުލުހުން ހުއްޓުވީ އާޓްފިޝަލް ބީޗު ސަރަހައްދުންނެވެ. އަޑުގަދަ ކުރާ ހަރުކޮށްގެން ކުރިއަށް ގެންދިޔަ ޕިކަޕްބުރު ފުލުހުން ހުއްޓުވީ ހުއްދަ ހޯދުމަކާ ނުލައި، އެގޮތަށް އެ ހަރަކާތް ނުހިންގޭނެ ކަމަށް ބުނެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުންނާއި އެ ޕާޓީގެ އެކްޓިވިސްޓުން ބައިވެރިވި ޕިކަޕްބުރު ހިނގާލުމަކަށް ބަދަލު ކުރީ އެ ހިސާބުންނެވެ. ބެނާ އާއި ޕޯސްޓަރު ހިފައިގެން ތިބެ، އެ ހިސާބުން ފެށި ހިނގާލުން ނިންމާލީ ރަސްފަންނަށެވެ.
އެއްވުމުގެ ބައިވެރިން މަޖީދީމަގުގައި އަޑުއުފުލަމުން ބުނަމުން ދިޔައީ ކުރީ ސަރުކާރުން ނިންމާފައިވާ ގޮތަށް ގޯއްޗާއި ފްލެޓް ދޭނެ ކަމަށް މި ސަރުކާރުން ވައުދުވި ކަމަށާއި އެ ވައުދު ފުއްދައިދިނުމަށް އެދޭ ކަމަށެވެ.
ވައުދަކީ އަމާނާތެއް ކަމަށާއި ފްލެޓު ލިސްޓު ގަޑުބަޑު ނުކުރުމަށް ގޮވާލައި އެއްވުމުގެ ބައިވެރިން އަޑުއުފުލިއެވެ.
ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިންނާއި ތިން ވަނަ ފިޔަވަހިންނާއި ގުޅިފަޅު އަދި ގިރާވަރުފަޅުން 9،001 ގޯތި ދޫކުރަން ނިންމިއެވެ. އޭގެ އިތުރުން މާލޭގައި 15 އަހަރު ދިރިއުޅުނު މީހުންނަށް ހުޅުމާލޭ ދެ ވަނަ ފިޔަވަހިން 4،000 ފްލެޓް ދޭން ވެސް ނިންމިއެވެ. އެ ފްލެޓުތައް ލިބުނު މީހުންގެ ލިސްޓު "ރީއިވެލިއުއޭޓް" ކުރުމަށްފަހު، މި މަހު ނެރޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 
		
ޗޯރޭގެވެރިކަމުގަ ފުލުހުންލައްވާ ރައްޔިތުންނަށް ވަރަށްބޮޑަށް އަނިޔާކިރިދޯ
ކަނބޫ