ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންނާއި އަދިވެސް ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ހިންގަމުން އަންނަ އޮޕަރޭޝަންގެ ތެރެއިން ހާއްސަ އޮޕަރޭޝަނެއް ކ. ގުރައިދޫގައި ފަށައިފިއެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ރަށްރަށުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ގުޅޭ ރިޕޯޓުތަކަށް ބަލައި، މިއަދު އިމިގްރޭޝަނާއި ފުލުހުން އަދި ކަމާގުޅުން ހުރި އެހެނިހެން އިދާރާތައް ގުޅިގެން ކ.ގުރައިދޫގައި ހާއްސަ އޮޕަރޭޝަނެއް ފަށައިގެން ކުރިޔަށް ގެންދާ ކަމަށެވެ.
އެ އޮޕަރޭޝަނުގައި ކޮންޓްރޯލާ އޮފް އިމިގްރޭޝަނާއި ޑެޕިއުޓީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން ވެސް އަންނަނީ ބައިވެރިވަމުންނެވެ.
މީގެކުރިން މާލެ ސަރަހައްދުގައި ވެސް އިމިގްރޭޝަނުން ވަނީ މިފަދަ ހާއްސަ އަދި ބޮޑެތި އޮޕަރޭޝަންތައް ކުރިޔަށް ގެންގޮސްފައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހުން ފެށިގެން މިމަހުގެ 25ވަނަ ދުވަހުގެ ނިޔަލަށް 257 ތަނަކަށް ރެއިޑްކޮށް 3،322 ބިދޭސީން ފުރުވާލެވިފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން