ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ މުސާރަ 50 ޕަސެންޓަށް ކުޑަކޮށް، ސިޔާސީ މީހުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
ހަރަދު ކުޑަކުރުމަށް ދައުލަތުގެ މުސާރަތަކަށް ގެންނަވަން ނިންމެވި ބަދަލުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރެއްވީ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓް ހުށަހަޅާއިރު، މުސާރައަށް އެ ބަދަލު ގެންނަވާނެ ކަމަށެވެ.
މުސާރައަށް ގެންނެވި ބަދަލު:
- މަޖިލިސް މެމްބަރުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން
- ކުންފުނިތަކުގެ ވެރީންނަށް 90،000 ވުރެ ބޮޑު މުސާރައެއް ނުދިނުން
- ސަރުކާރު ކުންފުނިތަކުގެ މުސާރައިން 10 ޕަސެންޓް އުނިކުރުން
- މިނިވަން މުއައްސަސާތަކުގެ ވެރީންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން
- ޖުޑިޝަރީ އިސްވެރިންންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން
"މަތީގައިވާ ފިޔަވަޅުތައް އެޅުމުގައި 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާކުރުން. މީގެ އިތުރުން އަޅުގަނޑުގެ މުސާރައިގެ 50 ޕަސެްޓް ނުނަގާ ގޮތަށް ހަމަޖައްސަން ދެންނެވުން،" ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ