އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ދެ އެޕާޓްމެންޓް ފުލުހުންނާ ހަވާލުކުރަން އެންގި މައްސަލަ ހައި ކޯޓުން ބަލައިނުގަތުމުން އެ މައްސަލަ ފަނޑިޔާރުންގެ މަޖިލީހަށް ބައްސާމްގެ ފަރާތުން ހުށަހަޅައިފި އެވެ.
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގެ ދަށުން ބައްސާމުގެ ދެ ޕެންޓްހައުސް ފުލުހުންނާ ހަވާލުކުރި ނަމަވެސް އެ މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ. އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ކުރިން ނިންމި އެވެ.
އެ ނިންމުން ރިވިއު ކުރަން ފަނޑިޔާރުންގެ މަޖިލީހަށް ބައްސާމްގެ ފަރާތުން މިހާރު ވަނީ ހުށަހަޅައިފަ އެވެ. މައްސަލަ ބަލައިނުގަތުމަށް ނިންމާ ނިންމުންތައް އަލުން ބެލުމުގެ ބާރު އެ މަޖިލީހަށް އޮވެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ދެ ޕެންޓްހައުސް ގަތުމަށް ބައްސާމް ވަނީ އެފްއޭއެމްގެ ފައިސާ އިން އެއް މިލިއަން އެމެރިކާ ޑޮލަރު އަމިން ކޮންސްޓްރަކްޝަނަށް ދައްކައިފަ އެވެ. ނަމަވެސް އެ ޑޮލަރަށްވާ ދިވެހި ރުފިޔާ އަމިން އިން އެފްއޭއެމަށް ދައްކާފައިނުވާ ކަމަށާއި ފައިސާ ދެއްކި ކަމަށް ހެދުމަށް ލިޔެކިޔުން ތައްޔާރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
އެ މައްސަލައާ ގުޅިގެން ބައްސާމްގެ މައްޗަށް ދައުވާ ކޮށްދޭން އެދި މިދިޔަ މަހު ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ