އިމާރާތަކަށް ހޮޅިދަނޑިއަކުން އަރަން އުޅުނު މީހަކަށް ވެއްޓި އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މާފަންނުގައި ހުންނަ ޖޭޒް ކެފޭގެ ފުރާޅު މައްޗަށް މީހަކު ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ރޭ 23:14 ހާއިރު ލިބިފައިވާ ކަމަށެވެ. އެމީހާ އެތަނުން ނެގީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކުގައެވެ.
ފުލުހުން ބުނީ އެމީހާ އަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި ފަހުން އޭނާ އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
އެމީހާ އަކީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ފުރާޅު މައްޗަށް ވެއްޓުނީ ޖެހިގެން ހުރި އިމާރާތަކަށް ހޮޅިދަނޑިއަކުން އަރަން އުޅުމުގެ ތެރޭގައި ކަމަށް އެމީހާ ފުލުހުންނަށް މައުލޫމާތު ދެމުން ބުންޏެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް