އދ.ގެ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީގައި ރާއްޖޭން ބައިވެރިވުމާއި މެދު ގޮތެއް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ ދިރާސާ ކުރުމަށްފަހު، އެ އެޖެންސީގައި ރާއްޖޭން ބައިވެރިވާން ފެންނަ ކަމަށް ހާރިޖީ ގުޅުންތަކުގެ ކޮމެޓީން ފާސްކޮށްފިއެވެ.
އެ މައްސަލަ މަޖިލީހުގެ ކޮމެޓީ އަށް ފޮނުވަން ނިންމީ މިމަހުގެ 14ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައެވެ. މައްސަލަ ނިންމާނެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައެޅީ މިއަދެވެ.
ކޮމެޓީ ރިޕޯޓުގައި ބުނެފައި ވަނީ ކޮމެޓީ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ނިންމީ އެ އެޖެންސީގައި ރާއްޖޭން ބައިވެރިވާން ފެންނަ ކަމަށް ކަމަށެވެ.
އދ.ގެ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީގައި ރާއްޖޭން ބައިވެރިވުމަށް ނިންމާފައިވާކަން އެންމެ ފުރަތަމަ ހާމަކުރެއްވީ އޭރުގެ ފޮރިން މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރެވެ. އެއީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ.
އެ އެޖެންސީގައި ރާއްޖޭން ބައިވެރިވާން ބޭނުންވާ އެންމެ މުހިއްމު ސަބަބެއްގެ ގޮތުގައި އޭރު ޒަމީރު ފާހަގަކުރެއްވީ ރާއްޖޭގައި ގާއިމުކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކެންސަރު ހޮސްޕިޓަލަށް މަގުފަހި ކުރުން ކަމަށެވެ.
އެ އެޖެންސީގައި މިހާތަނަށް 178 ގައުމަކުން ބައިވެރިވެފައިވާއިރު އެ އެޖެންސީގައި މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ބައިވެރި ނުވެ އޮތީ ރާއްޖެ އަދި ބޫޓާނެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް