ޑުރަގުގެ ވަބާގައި ޖެހި މާލޭގެ މަގުތައް މަތީގައި ވަންނާނެ ތަނެއް ނެތިގެން އުޅޭ މީހުން ރިމާންޑު ސެންޓަރުތަކަށް ނެގުމަށްފަހު ފަރުވާ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ވަންނާނެ ތަނެއް ނެތި މާލޭގައި ސަލާން ޖަހަމުން އަންނަ މީހުންނާއި ޑުރަގުގެ ވަބާގައި ޖެހިފައިވާ ޒުވާނުން ދެނެގަތުމަށްފަހު އެ މީހުން ސަރުކާރުން ހިންގާ ރިމާންޑު ސެންޓަރުތަކަށް ނެގުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
"މިއަދު ހަވީރުން ފެށިގެން މާލޭގެ ބާޒާރުމަތީގެ ސަރަހައްދުތަކަށް ޓާގެޓް ކޮށްގެން މިފަދަ މީހުން ނަގަމުން ގެންދާނަން،" އިހުސާން ވިދާޅުވިއެވެ.
އެކަމަށް އިތުރު ތަފްސީލު ދެއްވަމުން އިހުސާން ވިދާޅުވީ ރިމާންޑް ސެންޓަރުތަކުގައި އެ މީހުންނަށް ބޭނުންވާ ފަރުވާ ދެމުން ގެންދާނެ ކަމަށެވެ. އަދި އެ މީހުން މަގުމަތިވެފައި ތިބި ސަބަބުތައް ދެނެގަނެ އެކަންކަން ހައްލު ކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ކުޑަކުދިން ކުށުގެ މާހައުލުން ދުރުކުރުމަށާއި އެކުދިން ކުށުގެ ވެއްޓަށް ހުށަހެޅޭ ގޮތް ދެނެގަތުމަށްޓަކައި އެންމެ ބޮޑު މަސައްކަތަކަށް ކުރިޔަށް ގެންދާ ހޯޕް އައިލެންޑާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވައިފައެވެ.
ހޯޕް އައިލެންޑު ބިނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދ. ވާނީ ކަނޑައަޅުއްވާފައެވެ. މިނިސްޓަރު އިހުސާން ވިދާޅުވީ އެ މަސައްކަތަށް ބޭނުންވާ ހުރިހާ ކުރެހުންތަކެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އަންނަ ހަފްތާގައި އިކޮނޮމިކް ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ ޒިޔަތު އިސްތިއުފާ ދެއްވައިފި
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު