މަންމަ އަށް އަނިޔާކޮށް މަރާލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައެއްގައި އެ އަންހެން މީހާގެ ފިރިހެން ދަރިފުޅު ހައްޔަރުކޮށްފިއެވެ.
އެ މައްސަލަ ފުލުހުންނަށް ފާހަގަކުރެވުނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ 13ވަނަ ފްލެޓުގެ އެޕާޓުމަންޓެއްގައި އަންހެނަކު ރޯ އަޑު އިވޭ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބުމުންނެވެ.
ފުލުހުން އެ އެޕާޓުމަންޓަށް ގޮސް ޓަކި ޖެހުމުން އަންހެނަކު ދޮރު ހުޅުވި ކަމަށާއި އަދި އެ އަންހެން މީހާގެ ދަރިފުޅު އުމުރުން 28 އަހަރުގެ މުހައްމަދު އިސްމާއީލް އެ އަންހެން މީހާ އަށް އަނިޔާކޮށް މަރުގެ އިންޒާރު ދިނުމަށްފަހު އަންހެން މީހާގެ ފޯނު ފޭރިގެން ގޮސްފައިވާ ކަމަށް ފުލުހުން ގާތު ބުނެފައިވާ ކަމަށް މީޑިއާ އަށް ފުލުހުން ހިއްސާކުރި މައުލޫމާތުގައިވެއެވެ.
އަދި މިއަދުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން މުހައްމަދު އިސްމާއީލް ހައްޔަރު ކޮށްފައިވާ ކަމަށާއި އަދި އަންހެން މީހާ އަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ކޮށްފައިވާ ކަމަށް ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ