ޕޮލިސް ކޮމިޝަނަރު އޮފީހުގެ ޒިންމާ އިން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު ޝިފާން ދުރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ސާވިސް ޑިވެލޮޕްމަންޓުގެ އިސްވެރިއަކަށް ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މޫސާ އަލީ ކޮމިޝަނަރު އޮފީހުގެ ހެޑަކަށް ހަމަޖައްސާފައިވާ ކަމަށެވެ.
އަދި ޝިފާން، ސާވިސް ޑިވެލޮޕްމަންޓް ޑައިރެކްޓްރޭޓަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެ ބަދަލުތައް ގެނައިކަން އިއްޔެ ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަނީ އަންގައިފައެވެ. ނަމަވެސް އެ ބަދަލު ގެނައި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ ފުލުހުންގެ އިދާރާ ހިންގުމުގެ ބަހާތަކަށް އަބަދުވެސް ބަދަލުތައް ގެންނަމުން އަންނަ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ފުލުހުންގެ ތަރުޖަމާނެއްގެ މަގާމުގައި ހުންނެވި ޝިފާން އެ މަގާމުން ވެސް ދުރުކޮށް އެ މަގާމަށް އައު ބޭފުޅަކު ހަމަޖައްސަވަން އޮތީ ނިންމައިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ