އޮޑިޓާ ޖެނެރަލްގެ އޮފީހުގެ 2025 ވަނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މާލިއްޔަތު ކޮމެޓީން ފާސްކޮށްފައިވާ ގޮތަށް އޮޑިޓު އޮފީހަށް 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސް ކުރުމަށް މަޖިލީހުން ނިންމާފައި ވަނީ މިއަދު ބޭއްވި ޖަލްސާގައެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓް ފާސްކޮށްފައިވަނި ވޯޓުގައި ބައިވެރިވި 75 މެންބަރުންގެ އިއްތިފާގުންނެވެ.
މާލިއްޔަތު ކޮމެޓީން އޮޑިޓު އޮފީހަށް ކަނޑައެޅި ބަޖެޓު:
- ރިކަރެންޓް ހަރަދު: 80,497,372 ރުފިޔާ
- ޕީއެސްއައިޕީ ހަރަދު: 34,000,000 ރުފިޔާ
- ޖުމްލަ: 114,497,312 މިލިއަން ރުފިޔާ
އޮޑިޓް އޮފީސް ހިންގަމުން އަންނަ އިމާރާތް ބާވެ، ހަލާކުވެފައި ވާތީ 2022ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ އޮފީހުގެ އައު އިމާރާތުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަންނަ އަހަރުގެ ބަޖެޓުގައިވެސް އެ އޮފީސް ނިންމުމަށް ފައިސާ ހިމަނާފައިވެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ