ވ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުން ބުނީ ވ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ޓޫރިސްޓަކު ގެނބިގެން އުޅޭ ކަމަށް މިއަދު ހެނދުނު 11:29 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ގެނބިގެން މަރުވެފައި ވަނީ ބެލަރޫސް އަށް ނިސްބަތްވާ އުމުރުން 63 އަހަރުގެ އަންހެނެކެވެ.
އެމީހާ ވަނީ ފެލިދޫ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެމީހާ މަރުވެފައި ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުންޏެވެ.
ދާދިފަހުން ކ. މާފުށީގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ޗައިނާގެ ފަތުރުވެރިޔަކު ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ވެސް ވަނީ މަރުވެފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ