ނޮވެމްބަރު 11 ނުވަތަ ޖުމްހޫރީ ދުވަހާ ގުޅިގެން ނޮވެމްބަރު މަހުގެ 10ވަނަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސް މި ގޮތަށް ހަމަޖެއްސެއްވީ ޖުމްހޫރީ ދުވަސް ކަމުގައިވާ ނޮވެންބަރު މަހުގެ 11ވަނަ ދުވަހަކީ، ގައުމީ ބަންދު ދުވަހެއް ކަމަށްވުމާ އެކު، މި އަހަރު ކަލަންޑަރު ގައިވާ ގޮތުން، ޖުމްހޫރީ ދުވަހުގެ ކުރިއަށް އޮތް ދުވަހަކީ ރަސްމީ ދުވަހެއް ކަމަށް ވާތީ ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަސް ފާހަގަކުރަމުންދަނީ ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 11ވަނަ ދުވަހުއެވެ. ނޮވެންބަރު މަހުގެ 11ވަނަ ދުވަހު ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ 1968ވަނަ އަހަރު އޭރު އޮތް ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުވީ ދުވަސް ކަމަށް ވާތީއެވެ.
މިއީ ދިވެހިރާއްޖޭގެ ވެރިކަނ،ް ދެވަނަ ފަހަރަށްޖުމްހޫރީ ވެރިކަމަކަށް ފިރާލެވުނު ސަނަތު ކަމަށް ތާރީހީ ލިޔުންތަކުގައިވެއެވެ. ދިވެހިރާއްޖެ ފުރަތަމަ ފަހަރަށްޖުމްހޫރިއްޔަތަކަށް ބަދަލުވެގެން ދިޔައީ މީލާދީން 1953ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުއެވ.ެ އެއަށް ފަހު 1954މ. ވަނަ އަހަރުގެ މާރިޗު މަހުގެ 8ވަނަ ދުވަހު ރާއްޖޭގެ ވެރިކަން އަނެއްކާ ވެސް ރަސްކަމަކަށް ބަދަލުވިއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް