ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ޓޫރިސްޓު އުޅަނދުތަކުގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ކޮންމެ ދުވަހަކު މިހާރު ނަގަމުންދާ ހަ ޑޮލަރު ދެ ގުނައަށް ބޮޑު ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން (ފޭރު މުސްތޮ)އެވެ. އޭނާ ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިޔުން، މާދަމާ ފަށާ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާއަށް އިއްވުމަށް ވަނީ އެޖެންޑާކޮށްފައެވެ.
އޭނާ ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ގްރީން ޓެކްސްގެ ގޮތުގައި ކޮންމެ ދުވަހަކު ޓޫރިސްޓެއްގެ އަތުން ނަގަމުންދާ ހަ ޑޮލަރު، އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން 12 ޑޮލަރަށް ބޮޑު ކުރުމަށެވެ.
ނަމަވެސް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއްވަރުގެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން މިހާރު ގަނަމުންދަނީ ތިން ޑޮލަރުގެވެ.
މުސްތަފާ ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ އެފަދަ ގެސްޓުހައުސްތަކުން އަންނަ އަހަރުން ފެށިގެން ކޮންމެ ދުވަހު ހަ ޑޮލަރު ނަގަންޖެހޭނެ ކަމަށެވެ. ނަމަވެސް އުމުރުން ދެ އަހަރު ނުފުރޭ ކުޑަކުދިންނަށް ގްރީން ޓެކްސް ދައްކުން އޭނާ ހުށަހެޅުއްވި ބިލުގައި އިސްތިސްނާކޮށްފައިވެއެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ހިސާބުތަކުން ދައްކާ ގޮތުން ގްރީން ޓެކްސްގެ ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އަހަރު ތެރޭ 740 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ސެޕްޓެމްބަރު މަހު އެކަނި 53 މިލިއަން ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ލިބުނެއެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި