ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑުއުފުލި މައްސަލާގައި ދީނީ އިލްމުވެރިޔާ ޑރ. އިޔާޒްގެ އަނބިކަނބަލުން އައިޝަތު ޝާދިޔާ ގާނޫނާ ހިލާފަށް ބަންދުކުރި މައްސަލާގައި ބަދަލު ނަގައި ނުދެވޭނެ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އިޒްރޭލާ ދެކޮޅަށް އަޑުއުފުލި މައްސަލާގައި ޝާދިޔާގެ އިތުރުން ޑރ. ޝަޒްރާ އިބްރާހިމް ހައްޔަރުކޮށް، ކްރިމިނަލް ކޯޓުން ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރި އެވެ. އޭގެ ތެރެއިން ޝާދިޔާ ފަސް ދުވަހަށް ބަންދުކުރީ ގާނޫނާ ހިލާފަށް ހައި ކޯޓުން މިދިޔަ ހަފުތާގައި ވަނީ ހުކުމްކޮށްފަ އެވެ.
ޝާދިޔާ ދެވަނަ ފަހަރަށް ބަންދުކުރި އަމުރު އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޝާދިޔާ ތިން ދުވަހަށް ބަންދުކުރަން މިދިޔަ މަހު ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ގާނޫނާ ހިލާފަށް ކަމަށެވެ. ނަމަވެސް ގާނޫނާ ހިލާފަށް ބަންދުކުރި މައްސަލާގައި ބަދަލު ނަގައި ނުދެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ބަދަލު ހޯދޭނީ މަދަނީ މައްސަލަ ބަލާ ކޯޓެއް މެދުވެރިކޮށް ކަމަށް ހުކުމުގައިވެ އެވެ.
ޝާދިޔާ ބަންދުކުރި މައްސަލާގައި ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް ކުރިން އަމާޒުވެފައިވެ އެވެ.
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި