ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ސްވިޒްލޭންޑުގެ ޖެނީވާ އަށް ރޭ ފުރާވަޑައިގެންފިއެވެ.
ރައްޔިތުން މަޖިލީހުގެ އިދާރާ އިން ބުނީ މަޖިލިސް ރައީސް އަބްދުއްރަހީމް ޖެނީވާ އަށް ފުރާވަޑައިގެންފައި ވަނީ އިންޓަ ޕާލިމަންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ 149ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. ނަމަވެސް މި ދަތުރާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް މަޖިލިސް އިދާރާ އިން ހާމަ ކޮށްފައެއް ނުވެއެވެ.
އިންޓަ ޕާލިމަންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ 149ވަނަ އެސެމްބްލީ އޮންނާނީ މިމަހުގެ 13ވަނަ ދުވަހުން ފެށިގެން 17ވަނަ ދުވަހުގެ ނިޔަލަށެވެ.
އެ ބައްދަލުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ސަތޭކަ މަޖިލިސް މެމްބަރުން އެއްތަނަކަށް އެއްވެ، ސައިންސާއި ޓެކްނޮލޮޖީ އާއި އިނޮވޭޝަންގެ ބޭނުން ހިފައި، މިހާރަށްވުރެ ސުލްހަވެރި އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި