އަންނަ ހޯމަ ދުވަހާއި ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
ހުޅަނގު މޫސުމުގެ ބާރު ގަދަވެ، މިދިޔަ ހަފްތާގައި މޫސުން ގޯސްވާނެ ކަމަށް މެޓުން ވަނީ މީގެކުރިން ލަފާކޮށްފައެވެ. ވަކީން ހާއްސަކޮށް ބާރަށް ވައި ޖެހޭނެ ކަމަށް ލަފާކުރިއެވެ.
އިއްޔެ ރޭގެ މެންދަމު 12:00 އިން ރޭ މެންދަމު 12:00 އަށް ރާއްޖޭގެ އެކި ހިސާބުތަކަށް ބާރު މިނުގައި ވައިޖެހިފައި އެބަހުއްޓެވެ. އެގޮތުން އެންމެ ގަދައަށް ވައި ޖެހުނީ ބ. ދަރަވަންދޫ އަށެވެ. އެއީ 65 މޭލު ބާރު މިނުގައެވެ. ދެން އެންމެ ބާރަށް ވައިޖެހުނީ މާލެއަށެވެ. އެއީ 56 މޭލު ބާރު މިނުގައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލެ އަށް ވެސް ވަރަށް ބޮޑަށް ވައިޖެހުނެވެ. އެއީ 61 މޭލު ބާރު މިނުގައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ