އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހުޅުމާލެއިން ގަނެފައިވާ ދެ ޕެންޓްހައުސް ފުލުހުންނާ ހަވާލުކުރަން ނެރުނު އަމުރު އިސްތިއުނާފްކުރަން ބައްސާމްގެ ފަރާތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގެ ދަށުން ބައްސާމުގެ ދެ ޕެންޓްހައުސެއް ފުލުހުން ވަނީ އަތުލައިފަ އެވެ. އެތަން އަތުލީ އެއް އަހަރުގެ ދުވަހުގެ މުއްދަތަކަށެވެ.
ބައްސާމްގެ ފަރާތުން އިއްޔެ ވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފި އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން ވަކި ގޮތެއް ނުނިންމަ އެވެ.
އެ ދެ ޕެންޓްހައުސް އޭނާ ގަނެފައި ވަނީ ފުޓްބޯޅަ ކްލަބްތަކަށް ދިމާވި މާލީ ހާލަތުން އަރައިގަތުމަށް ފީފާ އިން އެފްއޭއެމަށް ދޫކުރި ލޯނު ފައިސާ އިން ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ މައްސަލާގައި ބައްސާމާއި އިތުރު ބައެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އޮތީ ފޮނުވައިފަ އެވެ.
އެ މައްސަލާގައި ކުރިން ފުލުހުން ބުނެފައިވާ ގޮތުގައި ދެ ޕެންޓްހައުސް ގަތުމަށް ބައްސާމް ވަނީ އެފްއޭއެމްގެ ފައިސާ އިން އެއް މިލިއަން އެމެރިކާ ޑޮލަރު އަމިން ކޮންސްޓްރަކްޝަނަށް ދައްކައިފަ އެވެ. ނަމަވެސް އެ ޑޮލަރަށްވާ ދިވެހި ރުފިޔާ އަމިން އިން އެފްއޭއެމަށް ދައްކާފައިނުވާ ކަމަށާއި ފައިސާ ދެއްކި ކަމަށް ހެދުމަށް ލިޔެކިޔުން ތައްޔާރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
އެފްއޭއެމްގެ އެހެން ފައިސާތަކަށް ހިޔާނާތްތެރިވި ކަމަށް ބުނެ ބައްސާމްގެ މައްޗަށް ކުރާ ދައުވާއެއް ކްރިމިނަލް ކޯޓުގައި މިހާރު ވެސް އެބައޮތެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ