ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ 11 އަތޮޅަކަށް މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސް (މެޓް އޮފީސް)އިން ޔެލޯ އެލާޓް މިރޭ ނެރެފިއެވެ.
ޔެލޯ އެލާޓް ނެރުނީ ށ. އަތޮޅުން ފެށިގެން ފ. އަތޮޅަށެވެ. އެ ދެމެދުގައި ހިމެނޭ 11 އަތޮޅަކީ ށ. ނ. ރ. ބ. ޅ. ކ. އއ. އދ. ވ. މ. ފ. އަތޮޅެވެ.
އެ އަތޮޅުތަކަށް ލެޔޯ އެލާޓް ނެރެފައި ވަނީ މިރޭ 7:00 އިން ފެށިގެން މިރޭ 11:00 އަށެވެ.
މިއަދު މެންދުރުފަހު ވެސް މެޓް އޮފީހުން ވަނީ ރ. އަތޮޅުން ފެށިގެން ރާއްޖޭގެ 7 އަތޮޅަކަށް ޔެލޯ އެލާޓް ނެރެފައެވެ.
ރާއްޖެއަށް މޫދުން ގޯސްވެފައި ވަނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖެއާ ދުރުން އުތުރާއި ދެކުނުގައި ދެކޮޅިގަނޑު އުފެދިފައިވާތީއެވެ. މެޓް އޮފީހުން އަންދާޒާ ކުރާ ގޮތުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ހޯމަ ދުވަހާ ހަމައަށް ވައި ގަދަވާނެއެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ