ވައިގަދަ ވިއްސާރަ ދުވަސްވަރަކަށްވާތީ، ސިނަމާލެ ބްރިޖުންނާއި ހައިވޭއިން ދަތުރުކުރާއިރު ސަލާމަތަށް ރައްކާތެރިވެގެން އުޅަނދު ދުއްވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ ބްރިޖުގައި ސައިކަލު ދުއްވާއިރު ކުޑަނަގައިގެން ނުދުވުމަށާއި ފަސޭހައިން ހަލާކުވެ، ވީދައިގެންދާނެފަދަ ކޯޓު ބޭނުން ނުކުރުމަށާއި ހެލްމެޓް ވަޔާ ނުދާނޭހެން ރަނގަޅަށް އެޅުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
"އޭގެ އިތުރުން އުޅަނދުގެ ލައިޓުތައް ދިއްލޭތޯ ބަލައި ސަލާމަތީ ރައްކާތެރިކަން ކަށަވަރު ކުރައްވައިގެން އުޅަނދު ދުއްވުމަށް އިލްތިމާސްކުރަން،" ފުލުހުން އެކްސްގައި ކުރި ޕޯސްޓުގައިވެއެވެ.
މެޓް އޮފީހުން އަންދާޒާކޮށްފައިވާ ގޮތުގައި ގަޑިއަޑު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެއެވެ.
މޫސުން ގޯސްވާނެތީ މިއަދު މެންދުރުފަހުން ފެށިގެން ހަތް އަތޮޅަކަށް ޔެލޯ އެލާޓް މެޓް އޮފީހުން ވަނީ ނެރެފައެވެ. އެއީ ރ. ބ. ޅ. ކ. އއ. އދ. ވ. އަށެވެ.
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި