ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލާނެ ކަމަށް ބުނެ، ފޭސްބުކް މެދުވެރިކޮށް އިންޒާރު ދިން ކަމަށް ބުނާ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
އޭނާ ހައްޔަރުކުރީ ރާއްޖޭން ބޭރުން އައި ތަނުން މިދިޔަ އަންގާރަ ދުވަހުގެ ރޭގައެވެ. ހައްޔަރުކޮށްފައި ވަނީ އުމުރުން 40 އަހަރުގެ ގ. ސަންސަންގެއާގެ، މިއާދުއެވެ. ފުލުހުން ވަނީ އޭނާގެ ވަނަވަރާއި ފޮޓޯ ވެސް އާންމުކޮށްފައެވެ.
އޭނާގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ އޭނާ ބޭނުންކުރާ ކަމަށް ބެލެވޭ ފޭސްބުކް އެކައުންޓުތަކުން ރައީސް މުއިއްޒަށާއި ދައުލަތުގެ އެކި ފެންވަރުގެ ވެރިންނަށާއި އެހެން މީހުންނަށް ނިސްބަތްކޮށް، މަރާލާނެ ކަމަށާއި ގެއްލުންދޭނެ ކަމަށް ބުނެ އިންޒާރުދީފައިވާތީއެވެ.
މީގެ އިތުރުން ހަޑިހުރުތު ބަހުން ފޭސްބުކްގައި އެކި ޕޯސްޓް ކުރަމުން ގެންދިއުމާ އެކު، އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރު ދޭ ގޮތަށް ޕޯސްޓް ކުރަމުން ގެންދާ ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް