އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ ދަފުތަރުގައި ރަޖިސްޓްރީ ނުކޮށް ވިއްކަމުން އަންނަ "ހިންނަވަރު އަތުޖެހި" އަށް ސަމާލުވާން ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެދިއްޖެއެވެ.
އެމްއެފްޑީއޭ އިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ "ހިންނަވަރު އަތުޖެހި"ގެ ނަމުގައި ވިއްކަމުންދާ "ބްރައިޓް ވިއު" ބްރޭންޑަކީ ހުއްދަ ނުހޯދާ ވިއްކަމުން އަންނަ ބްރޭންޑެއް ކަމަށެވެ.
"ހިންނަވަރު އަތުޖެހި"ގެ ނަމުގައި ވިއްކަމުންދާ ޕްރޮޑަކްޓަކީ "އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ އުސޫލު" ގެ ދަށުން އެމްއެފްޑީއޭގައި ދަފްތަރުކޮށްފައިވާ ފަރާތެއް ނޫން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އަދި އެ އުފެއްދުމުގައި ބޭނުންކޮށްފައިވާ ނަންބަރަކީ ވެސް އެ އުސޫލުގެ ދަށުން ދޫކޮށްފައިވާ ނަންބަރެއް ނޫން ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތަކުގެ ދަފްތަރުގެ ނަމުގައި އެމްއެފްޑީއޭގެ "ދިރިތި" ޕޯޓަލް https://dhirithi.egov.mv އާއި ވެބްސައިޓް https://mfda.gov.mv އަދި ހެލްތު މިނިސްޓްރީގެ ވެބްސައިޓް https://health.gov.mv ގައި ޝާއިއު ކުރަމުންދާ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުނެއެވެ.
އުސޫލާއި ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކުރާކަން ފާހަގަވެއްޖެނަމަ، އެކަން އެމްއެފްޑީއޭގެ ނަންބަރު 3014361/7603204 ފޯނަށް ގުޅާ ހިއްސާ ކުރުމަށް ވެސް އެ ބަޔާނުގައި ވަނީ އެދިފައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް