ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން މިހާރު ފައިސާ ދެމުން އަންނަ ގޮތް ބަދަލުކޮށް، ހުރިހާ ސިޔާސީ ޕާޓީތަކަކަށް ފައިސާ ލިބޭނެ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވާ ނިންމުމާއި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހް ދެކޮޅު ހައްދަވައިފިއެވެ.
ފަލާހް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ އުސޫލު ބަދަލުކުރުމަށް ހުށަހަޅާ އިސްލާހަކީ އެންމެ ރަނގަޅު އިސްލާހެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ ފައިސާ ދޭން ކަނޑައަޅާފައިވާ އުސޫލަށް އޭނާ އަށް ތާއީދު ނުކުރެވޭ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިއަދު "ހަތާވީސް" އަށް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް މިހާރު ފައިސާ ދެމުން އަންނަ ގޮތަކީ އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށް ހުރިހާ ޕާޓީއަކުން ވެސް އެއްބަސްވާ ކަމަށާއި އެ އުސޫލަށް ބަދަލު އަންނަން ޖެހޭކަން ޕާޓީތަކުން ވެސް ގަބޫލުކުރައްވާ ކަމަށެވެ.
އެހެންކަމުން އިލެކްޝަނުން ނިންމާފައި ވަނީ ޕާޓީތަކަށް ފައިސާ ދޭ އުސޫލު ހަތަރު ބަޔަކަށް ބަހާލުމަށެވެ. އެއީ 3،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށާއި 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމާއި މަޖިލިސް އިންތިހާބާއި ކައުންސިލް އިންތިހާބުތަކުގައި ޕާޓީތަކަށް ލިބޭ ކާމިޔާބަށް ބަލާ ފައިސާ ދޫކުރާ އުސޫލެވެ.
ފުއާދު ވިދާޅުވީ ގާނޫނަށް އެ ބަދަލު ގެނައުމަށް މަޝްވަރާތައް ކުރަން ފެށީ މިފަހުން ނޫން ކަމަށެވެ. އެގޮތުން އެ މަޝްވަރާތައް 2020ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ފުއާދު ވިދާޅުވޫ ގާނޫނަށް އިލެކްޝަންސް އިން ދެން ގެންނަ އެންމެ ބޮޑު ބަދަލަކީ ސިޔާސީ ޕާޓީތަކުގެ ކޮންގްރެސް ބާއްވަން ޖެހޭ ގޮތަށް އޮންނަ ގޮތަށް އިސްލާހު ގެނައުމެވެ. މިހާރު އޮންނަ ގޮތުން ކޮންމެ ފަސް އަހަރަކުން ކޮންގްރެސް ބާއްވަން ޖެހޭއިރު އިލެކްޝަނުން ބުނީ ދިމާވާ ހާލަތަކަށް ބެލުމަށްފަހު ނުވަތަ އެކަށީގެންވާ ސަބަބެއް އޮތް ނަމަ ކޮންގްރެސް ލަސް ކުރެވިދާނެ ގޮތަށް އިސްލާހު ގެންނަން ހުށަހަޅާނެ ކަމަށެވެ. ފަލާހުގެ ޕޯސްޓުގައި މި އިސްލާހަށް އޭނާ ތާއީދު ކުރައްވާކަން ހާމަ ކުރައްވާފައިވެއެވެ.
އެއްވެސްޕާޓީޔަކަށް ރައްޔިތުންގެފައިސާ ދޭނެކަމެއްނެތް
އިއްބެއެއްބަޔަކައް ކެވޭ ގޮތައް ބޭއްވުން ބުއްދިވެރިއެއްނޫން އަދި ވަޒީފާދީގެން ނުވަތަ ވަޒީފާގެ ބިރުދައްކާގެން ޕާޓީތަކައް ވެއްދުންވެސްގޯސް ވަޒީފާއާއި ފައިސާއަކީވެސް އެންމެންގެ ހައްގެއް
އަދުރޭސިޔާސީޕާޓީތަކައް ދައުލަތުގެ ބަޖެޓުން ފައިސާ ދޭންޖެހޭތޯ މިރާއްޖޭގައި ސިޔާސީޕާޓީއުފައްދައިގެން އުޅެނީ ރައްޔަތުންނައް ކަމެއް ކޮއްދޭކަށެއްނޫން އެއީ ސިޔާސީޕާޓީތަކުގައި އިސްކޮއް އުޅޭ ބަޔަކު ރައްޔަތުންގެފައިސާކާން ހިންގާޖަރީމާއެއްރީތިކޮއްލަންކިޔާއެއްޗެއް ޕާޓީހިންގަނީޔޯ ދުނިޔޭގެ އެހެންގައުމުތަކުގައިހިންގާޕާޓީޔާއިމިގައުމުގައިހިންގާ ޕާޓީގެތަފާތުވަރައްބޮޑު ތިޔަ ޕާޓީތަކަކީ މިގައުމައްޖެހުނު ބޮޑުބަލާއެއް ތިޕާޓީތަކައް މިފައިސާ ދިނުމުގެ ބަދަލުގައި މާރަނގަޅުވާނެ ރައްޔަތުންނައްފައިދާހުރިކަމެއްކުރިޔަސް
އާދަން ވަހީދު މާލެ