ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން މިހާރު ފައިސާ ދެމުން އަންނަ ގޮތް ބަދަލުކޮށް، ހުރިހާ ސިޔާސީ ޕާޓީތަކަކަށް ފައިސާ ލިބޭނެ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިއަދު "ހަތާވީސް" އަށް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް މިހާރު ފައިސާ ދެމުން އަންނަ ގޮތަކީ އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށް ހުރިހާ ޕާޓީއަކުން ވެސް އެއްބަސްވާ ކަމަށާއި އެ އުސޫލަށް ބަދަލު އަންނަން ޖެހޭކަން ޕާޓީތަކުން ވެސް ގަބޫލުކުރައްވާ ކަމަށެވެ.
އެހެންކަމުން އިލެކްޝަނުން ނިންމާފައި ވަނީ ޕާޓީތަކަށް ފައިސާ ދޭ އުސޫލު ހަތަރު ބަޔަކަށް ބަހާލުމަށެވެ. އެއީ 3،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށާއި 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމާއި މަޖިލިސް އިންތިހާބާއި ކައުންސިލް އިންތިހާބުތަކުގައި ޕާޓީތަކަށް ލިބޭ ކާމިޔާބަށް ބަލާ ފައިސާ ދޫކުރާ އުސޫލެވެ.
ފުއާދު ވިދާޅުވީ ގާނޫނަށް އެ ބަދަލު ގެނައުމަށް މަޝްވަރާތައް ކުރަން ފެށީ މިފަހުން ނޫން ކަމަށެވެ. އެގޮތުން އެ މަޝްވަރާތައް 2020ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ފުއާދު ވިދާޅުވޫ ގާނޫނަށް އިލެކްޝަންސް އިން ދެން ގެންނަ އެންމެ ބޮޑު ބަދަލަކީ ސިޔާސީ ޕާޓީތަކުގެ ކޮންގްރެސް ބާއްވަން ޖެހޭ ގޮތަށް އޮންނަ ގޮތަށް އިސްލާހު ގެނައުމެވެ. މިހާރު އޮންނަ ގޮތުން ކޮންމެ ފަސް އަހަރަކުން ކޮންގްރެސް ބާއްވަން ޖެހޭއިރު އިލެކްޝަނުން ބުނީ ދިމާވާ ހާލަތަކަށް ބެލުމަށްފަހު ނުވަތަ އެކަށީގެންވާ ސަބަބެއް އޮތް ނަމަ ކޮންގްރެސް ލަސް ކުރެވިދާނެ ގޮތަށް އިސްލާހު ގެންނަން ހުށަހަޅާނެ ކަމަށެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް