މާލޭގެ ފިހާރައެއްގެ ތެރޭގައި މިދިޔަ ހުކުރު ދުވަހު މާރާމާރީ ހިންގައި، ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.
ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ މއ. މަސްފަން، މުނީޒް، 37، އެވެ. މިދިޔަ ހޮނިހިރު ދުވަހު އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ މުނީޒް މާރާމާރީ ހިންގީ ދިލްބަހާރުމަގުގައި ހުންނަ ފިހާރައެއްގެ ތެރޭގައެވެ. އެ ފިހާރަ ތެރޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވެއެވެ. ނަމަވެސް އޭނާއަށް ޒަހަމްވި މީހާއަށް ސީރިއަސް އަނިޔާތަކެއް ނުވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ