ރާއްޖޭގައި ހުންނަ އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑުއުފުލި މައްސަލާގައި ދީނީ އިލްމުވެރިޔާ ޑރ. އިޔާޒްގެ އަނބިކަނބަލުން އައިޝަތު ޝާދިޔާ ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ރާއްޖޭގައި ހުންނަ އެމްބަސީތައް ކައިރީގައި އަޑުއުފުލި މައްސަލާގައި މިދިޔަ މަހު ހައްޔަރުކުރި ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހިމްގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން އިތުރުކުރި އެވެ. ފުލުހުން އޭރު ބުނެފައިވާ ގޮތުގައި އެ މީހުން ހައްޔަރުކުރީ ސަފީރުންނަށް އުނދަގޫވާ ގޮތަށް އަމަލު ކުރާތީ އެވެ.
އެ މައްސަލަ ޝާދިޔާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޝާދިޔާ ބަންދުކުރީ މުޖްތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ބުނެ ކަމަށް ވިޔަސް، އޭނާގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނިންމި ގޮތެއް ކްރިމިނަލް ކޯޓުގެ ނިންމުމުން ސާފުނުވާ ކަމަށެވެ. އެހެންވެ، އޭނާ ތިން ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުޒައިފާ އެވެ.
ޝާދިޔާ ތިން ދުވަހަށް ބަންދުކުރަން ނެރުނު އަމުރު ބާތިލް ކުރިއިރު، އެ މައްސަލާގައި އޭނާ އިތުރު ފަސް ދުވަހަށް ބަންދުކުރަން ނެރުނު އަމުރު ވެސް އޭނާގެ ފަރާތުން އޮތީ އިސްތިއުނާފްކޮށްފަ އެވެ.
އެ މައްސަލަ ހައި ކޯޓުގައި މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ