އއ. އަތޮޅަށް ދަތުރުކުރާ ލޯންޗުތަކެއް ނުރައްކާތެރިކޮށް ދުއްވާ ވީޑިއޯ އާންމުވެ، އާންމުން ކަންބޮޑުވުން ސޯޝަލް މީޑިއާގައި ފާޑުކުރަމުންދަނިކޮށް، އެ ލޯންޗުތައް ދުއްވި ތިން ކެޕްޓަނުންގެ ލައިސަންސް ވަގުތީ ގޮތުން ފުލުހުން ހިފަހައްޓައިފިއެވެ.
ފުލުހުން ބުނީ އެ ތިން ކެޕްޓަނުންގެ ލައިސަންސް މިދިޔަ ހޮނިހިރު ދުވަހު ހިފަހައްޓާފައިވާ ކަމަށެވެ.
އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ރަށެއްގެ ބަނދަރަށް ވަނުމަށް ތިން ލޯންޗެއް ވާދަވެރިކޮށް، ބާރު ސްޕީޑުގައި ދުއްވާ މަންޒަރެވެ. އަދި ލޯންޗުތައް ނެރުން ވަދެގެން އަންނަ އިރުވެސް ދުއްވާފައި ދަނީ ބާރު ސްޕީޑުގައެވެ. ފުލުހުން ބުނީ އެއީ މިދިޔަ އޮގަސްޓު މަހުގެ 13 ވަނަ ދުވަހު ހިނގާފައިވާ ކަމެއް ކަމަށެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ލޯންޗުތައް ދުއްވި ކެޕްޓަނުންނާމެދު ދާއިމީ ފިޔަވަޅެއް ނިންމާނީ މިނިސްޓްރީން ކަމަށް ފުލުހުން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ