އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން، އެ އެސޯސިއޭޝާންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ހުޅުމާލެ، އަމިން އެވެނިއު އިން ގަނެފައިވާ ދެ އެޕާޓްމަންޓު ފުލުހުންނާ ހަވާލު ކުރުމަށް ދީފައިވާ މުއްދަތު އިތުރު ކުރުމަށް އޭނާ އެދިފައިވީ ނަމަވެސް އިތުރު ވަގުތު އެކަމަށް ނުދޭން ފުލުހުން ނިންމައިފިއެވެ.
ބައްސާމް އަދީލް ޖަލީލު ހުޅުމާލެ، އަމިން އެވެނިއު އިން ގަނެފައިވާ ދެ އެޕާޓްމަންޓު ފުލުހުންނާ ހަވާލު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެ ދެ އެޕާޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފުލުހުން މީގެކުރިން ބުނެފައިވެއެވެ.
އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން 3.8 މިލިއަން ރުފިޔާއަށް އަމިން އެވެނިއުއިން ބައްސާމްގެ ނަމުގައި ގަނެފައި ވަނީ "A1205" އާއި "A1206" އެޕާޓްމަންޓެވެ.
ފުލުހުން މިރޭ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ކޯޓުން ފުލުހުންގެ މައްޗަށް އެފަދަ އަމުރެއް ނެރުނީ މިދިޔަ މަހުގެ 28ވަނަ ދުވަހު ކަމަށާއި ނަމަވެސް އެޕާޓުމަންޓު ހުސް ކުރަން އިތުރު ވަގުތު ދޭން މިދިޔަ މަހުގެ 29ވަނަ ދުވަހު ބައްސާމްގެ ފަރާތުން ފުލުހުންނަށް ހުށަހަޅަފައިވާ ކަމަށެވެ.
އެ ހުށަހެޅުމާއި ގުޅިގެން މިމަހުގެ 6ވަނަ ދުވަހުގެ 12ގެ ކުރިން އެޕާޓުމަންޓު ހުސް ކޮށްދިނުމަށް އެދި ބައްސާމަށް ވަގުތު ދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އިއްޔެ އަނެއްކާވެސް ބައްސާމް ވަނީ އިތުރު ވަގުތު ދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައެވެ.
އެކަމަކު ފުލުހުން ބުނީ ބައްސާމް އެދުނު ގޮތަށް އިތުރު ވަގުތު ދެވެން ދެން ނެތް ކަމަށެވެ. އެހެންކަމުން މާދަމާރޭގެ 12ގެ ކުރިން އެޕާޓުމަންޓު ހުސްކުރުމަށް ވަނީ އަންގައިފައެވެ.
އެކަން އެގޮތަށް ނުކޮށްފި ނަމަ ގާނޫނީ އިމުގެ ތެރެއިން އެ އެޕާޓުމަންޓު ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށް ކުރަންޖެހޭ މަސައްކަތް ކުރާނެ ކަމަށް ބަޔާނުގައިވެއެވެ.
އެފްއޭއެމަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ހިޔާނާތްތެރިވެ، ބޭރުގެ ފަރާތްތަކުން ޑޮލަރުގެ ގޮތުގައި ލިބޭ ފައިސާ އެފްއޭއެމުން ނަހަމަ ގޮތުގައި ބޭނުންކޮށް މަނީ ލޯންޑަރކޮށްފައިވާތީ ބައްސާމާއި އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލް، 35، އާއި އެ އެސޯސިއޭޝަންގައި އޭރު މަސައްކަތް ކުރި މ. ހިތިނައިދޫ، ހަސަން ވަހީދު 49،ގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހަށް ވަނީ ހުށަހަޅާފައެވެ.
އެ މީހުންގެ މައްޗަށް ތުހުމަތު ކުރަނީ ހިޔާނާތާއި އޮޅުވާލުމުގެ އިތުރުން މަނީ ލޯންޑަރިންގެ ތުހުމަތެވެ.
ކޮވިޑް19ގެ ދުަސްވަރު، ފުޓްބޯޅަ ކްލަބްތަކަށް މާލީ އެހީ ފޯރުކޮށްދިނުމުގެ ބޭނުމުގައި 2021 ވަނަ އަހަރު ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން 1.9 މިލިއަން ޑޮލަރު (29.2 މިލިއަން ރުފިޔާ)ގެ ލޯނެއް އެފްއޭއެމުން ނަގައި، އެ ލޯނުގެ ތެރެއިން އެއް މިލިއަން ޑޮލަރު ދިވެހި ރުފިޔާއަށް މާރުކުރުމަށްޓަކާ އަމިން އެވެނިއުއަށް ޖަމާކޮށް، އަމިން ކޮންޓްރަކްޝަނާ ގުޅިގެން މަނީ ލޯންޑާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލާގައި އަމިން ކޮންސްޓްރަކްޝަނަށް ވެސް ދައުވާ ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								