އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން، އެ އެސޯސިއޭޝާންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ހުޅުމާލެ، އަމިން އެވެނިއު އިން ގަނެފައިވާ ދެ އެޕާޓްމަންޓު ފުލުހުންނާ ހަވާލު ކުރުމަށް ދީފައިވާ މުއްދަތު އިތުރު ކުރުމަށް އޭނާ އެދިއްޖެއެވެ.
ބައްސާމް އަދީލް ޖަލީލު ހުޅުމާލެ، އަމިން އެވެނިއު އިން ގަނެފައިވާ ދެ އެޕާޓްމަންޓު ފުލުހުންނާ ހަވާލު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެ ދެ އެޕާޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފުލުހުން މީގެކުރިން ބުނެފައިވެއެވެ.
އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން 3.8 މިލިއަން ރުފިޔާއަށް އަމިން އެވެނިއުއިން ބައްސާމްގެ ނަމުގައި ގަނެފައި ވަނީ "A1205" އާއި "A1206" އެޕާޓްމަންޓެވެ.
ފުލުހުން މިއަދު ބުނީ އެޕާޓުމަންޓުތައް ހަވާލުކުރުމަށް ދީފައިވާ މުއްދަތު އިތުރު ކޮށްދިނުމަށް އެދި ބައްސާމްގެ ވަކީލުގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ބައްސާމް ވަނީ މިމަހުގެ ނިޔަލަށް އެޕާޓުމަންޓުތައް ހަވާލު ކުރުން ފަސް ކޮށްދޭން އެދިފައެވެ. ބައްސާމްގެ އެ ސިޓީ އަށް ޖަވާބު ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެފްއޭއެމަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ހިޔާނާތްތެރިވެ، ބޭރުގެ ފަރާތްތަކުން ޑޮލަރުގެ ގޮތުގައި ލިބޭ ފައިސާ އެފްއޭއެމުން ނަހަމަ ގޮތުގައި ބޭނުންކޮށް މަނީ ލޯންޑަރކޮށްފައިވާތީ ބައްސާމާއި އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލް، 35، އާއި އެ އެސޯސިއޭޝަންގައި އޭރު މަސައްކަތް ކުރި މ. ހިތިނައިދޫ، ހަސަން ވަހީދު 49،ގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހަށް ވަނީ ހުށަހަޅާފައެވެ.
އެ މީހުންގެ މައްޗަށް ތުހުމަތު ކުރަނީ ހިޔާނާތާއި އޮޅުވާލުމުގެ އިތުރުން މަނީ ލޯންޑަރިންގެ ތުހުމަތެވެ.
ކޮވިޑް19ގެ ދުަސްވަރު، ފުޓްބޯޅަ ކްލަބްތަކަށް މާލީ އެހީ ފޯރުކޮށްދިނުމުގެ ބޭނުމުގައި 2021 ވަނަ އަހަރު ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން 1.9 މިލިއަން ޑޮލަރު (29.2 މިލިއަން ރުފިޔާ)ގެ ލޯނެއް އެފްއޭއެމުން ނަގައި، އެ ލޯނުގެ ތެރެއިން އެއް މިލިއަން ޑޮލަރު ދިވެހި ރުފިޔާއަށް މާރުކުރުމަށްޓަކާ އަމިން އެވެނިއުއަށް ޖަމާކޮށް، އަމިން ކޮންޓްރަކްޝަނާ ގުޅިގެން މަނީ ލޯންޑާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލާގައި އަމިން ކޮންސްޓްރަކްޝަނަށް ވެސް ދައުވާ ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
ވަގުންބުނާހައިގޮތެއްހަދަންޖެހޭނެތަ
އިއްބެ