ގުރުއާން ހިތުދަސްކޮށްގެން ސަނަދު ހާސިލުކުރެއްވި 28 ހާފިޒަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މެޑައްޔާއި ހަނދާނީ ލިޔުމާއި އިނާމު ދެއްވައިފިއެވެ.

އެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ މެޑައްޔާއި ހަނދާނީ ލިޔުމާއި އިނާމު ދެއްވީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައެވެ.

މިއީ އޮކްޓޯބަރ 2022 އިން ފެށިގެން 1 ސެޕްޓެންބަރު 2024 ގެ ނިޔަލަށް ގުރުއާން ހިތުދަސް ކޮށްގެން ސަނަދު ހާސިލް ކޮށްފައިވާ 28 ހާފިޒުންނެވެ.

މިއަދު ޙާފިޡުކަމުގެ މެޑަލް ލިބިވަޑައިގެންނެވި 28 ބޭފުޅުން:

-1. އަލްޙާފިޡާ ފާޠިމަތުދީދީ، ޝެވިލް، ސ. ހިތަދޫ

2. އަލްޙާފިޡާ ޖަމީލާ ޢަލީދީދީ، ދޫޑިގަން، މައްސާގުގެ، ޏ. ފުވައްމުލައް

3. އަލްޙާފިޡާ ފާޠިމަތު ޢިޝާ، ނިޒާމް، ށ. މިލަންދޫ

4. އަލްޙާފިޡާ ޙަކީމަތު މުޙައްމަދު، ފުނާޑު. ހީނާގެ، ޏ. ފުވައްމުލައް

5. އަލްޙާފިޡާ އާމިނަތު ލަޠީފާ، ތިބްރޯޒްގެ، ސ. ހިތަދޫ

6. އަލްޙާފިޡް މޫސާ އަޝްހަލް އަޝްރަފް، ހ. އީސްޓްލައިޓް

7. އަލްޙާފިޡާ ފާތިމަތު އަހުމަދު، ދަޑިމަގު. ގުލްދަސްތާގެ، ޏ. ފުވައްމުލައް

8. އަލްޙާފިޡް ރަޝީދު، އަލުއިމާގެ، ސ. ހިތަދޫ

9. އަލްޙާފިޡް ޔާމީން، މޫންލައިޓްހިޔާ، ސ. މަރަދޫ

10. އަލްޙާފިޡާ ސައުދިއްޔާ މޫސާ، މީނާޒް، ށ. ބިލެތްފަހި

11. އަލްޙާފިޡާ ސަހިއްޔާ އަބްދުލްޣަނީ، ކުރިބޯށި، ރ. މީދޫ

12. އަލްޙާފިޡާ ޔުމްނާ އަބްދުލްއަޒީޒު، ފެހިގެ، ދ. މީދޫ

13. އަލްޙާފިޡް މުހައްމަދު ޔޫނުސް ބިން އިބްރާހީމް ޒާހިރު، ޖަވާހިރުމާގެ، ރ. ފައިނު

14. އަލްޙާފިޡް ރާހިން ބިން މުހައްމަދު، މާތޮޑާއަވަށް. ޖަގަހަ، ގދ. ފަރެސްމާތޮޑާ

15. އަލްޙާފިޡް އިޒްކާން އަޖީބް ހުސައިން، ގ. ފަރެސް

16. އަލްޙާފިޡް މުހައްމަދު ހަނޫން ހުސައިން، ފަރުބަދަ، ސ. ފޭދޫ

17. އަލްޙާފިޡް އަލީ ރައީފު، ދޮންމޫނިމާ، އއ. ތޮއްޑޫ

18. އަލްޙާފިޡާ ފާތިމަތު ނަސީރާ، ނިކަގަސްދޮށުގެ. ސ. ހިތަދޫ

19. އަލްޙާފިޡް އަޛީން މުހައްމަދު، ދަޑިމަގު. ބެންހާގެ، ޏ. ފުވައްމުލައް

20. އަލްޙާފިޡް ރަސްލާން އަބްދުއްރައްޒާގު އީސާ، ޢަންބަރީގެ، ރ. މީދޫ

21. އަލްޙާފިޡާ ޝަބީނާ، އަސްވާޑު، ގއ. ދެއްވަދޫ

22. އަލްޙާފިޡާ މޫނިސާ އަބްދުއްރަހީމް، ކިނާރާ، ނ. ލަންދޫ

23. އަލްޙާފިޡް އާސިރު އާރިފް ޔޫސުފް، އަޅިވިލާގެ، ބ. އޭދަފުށި

24. އަލްޙާފިޡް އަލާވީ އައްޔޫބް ބުން މުހައްމަދު ޝުޖާއު، މއ. ރަތްއެންދެރި

25. އަލްޙާފިޡް ޙަޔާން ޙަމީޒް، ގުރަހަ، ޅ. ނައިފަރު

26. އަލްޙާފިޡް ރައްޔާން އަހްމަދު މުހައްމަދު، ދަޑިމަގު. ދޫރެސް، ޏ. ފުވައްމުލައް

27. އަލްޙާފިޡާ އާއިޝަތު ޞާއިބަތު މުހައްމަދު ރިކްޒާން، ފެމެލީ، ޅ. ނައިފަރު

28. އަލްޙާފިޡް ބިލާލް ބިން އަހްމަދު، ގ. ހީނާހިޔާ