ނުރައްކާތެރިކޮށް ލޯންޗުތަކެއް ދުއްވި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައި ވާތީ އެކަން ބަލަމުން އަންނަ ކަމަށް ބުންޏެވެ.
ފުލުހުންގެ ސަމާލުކަމަށް އެކަން އައިސްފައި ވަނީ ސޯޝަލް މީޑިއާ އިން ކަމަށް ވެސް ބުންޏެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެ ލޯންޗުތަކަކީ އއ. އަތޮޅަށް ދަތުރުކުރި ލޯންޗުތަކެއް ކަމަށެވެ. އެއީ މިދިޔަ އޮގަސްޓު މަހުގެ 13ވަނަ ދުވަހު ހިނގާފައިވާ ކަމެއް ކަމަށްވެސް. ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި ރަށެއްގެ ފަޅު ތެރެއަށް ވަންނަން ތިން ލޯންޗެއް އަންނަތަން ފެނެއެވެ. ފުރަތަމަ ފަޅަށް ވަންނަތަން ފެންނަނީ ދެ ލޯންޗެކެވެ. ކަނޑިންމަ އިން އެތެރެވާއިރު ސްޕީޑު މަޑުކުރަން ޖެހޭއިރު މިއިން އެއްވެސް ލޯންޗެއްގެ ސްޕީޑެއް މަޑެއް ނުކުރެއެވެ. ސްޕީޑު މަޑު ކުރަނީ ފަޅަށް ވަންނަ ފަހުންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ