މާލޭގެ ފިހާރައެއްގެ ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަކޮށްލައިފިއެވެ.
އެ މާރާމާރީ ހިންގާފައި ވަނީ ރޭގެ ވަގުތެއްގައި ދިލްބަހާރުމަގު ގައި ހުރި ފިހާރައެއްގެ ތެރޭގައެވެ.
ފުލުހުން ބުނީ އެ މާރާމާރީގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ރޭ 10:01 ހާއިރު ކަމަށާއި މާރާމާރީގައި ޒަހަމްވެފައި ވަނީ ދިވެއްސެއް ކަމަށާއި އެ މީހާއަށް އައިޖީއެމްއެޗަށް ގެންގޮސް، ފަރުވާ ދިނުމަށްފަހު ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ.
އެ މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީން ފެށިގެން މިއަދާ ހަމައަށް މާރާމާރީގެ 519 މައްސަލަ ފުލުހުންނަށް ހުށަހަޅައި ތަހުގީގު ކުރަމުން ގެންދެއެވެ. އަދި ފޭރުމުގެ 390 މައްސަލަ މިހާތަނށް މި އަހަރު ފުލުހުންނަށް ހުށަހަޅާފައިވެއެވެ. ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުން ފުލުހުންނަށް އެންމެ ގިނައިން މިއަހަރު ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ. ވައްކަމުގެ 2،826 މައްސަލަ މިއަހަރުގެ މިހާތަނަށް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
ފިޔާޒު އަދި ހަސަންގެ މައްޗަށް ދައުވާކޮށްފި
ސިޔާސަތުތަކަށް ފާޑު ކިޔުމަކީ ސިޔާސީ ޕާޓީއެއްގެ މަސްއޫލިއްޔަތެއް
ބޭރު ފައިސާގެ ބެލެންސް ދަށްވުމުން ޝަމްހީދުގެ ކަންބޮޑުވުން
މާލެއަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް އާޒިމް ގޮވާލައްވައިފި
ބީއެމްއެލްގެ ފިޔަވަޅަކީ ސައްހަ ގޮތުގައި ޑޮލަރު ބޭނުންކުރުން
މީޑިއާ ވިލެޖުގެ މަސައްކަތް ޖޫން މަހަށް ނިންމަނީ