އިނގިރޭސީން އިސްތިއުމާރު ކޮށްފައިވާ ޗާގޯސްގެ ރަށްތައް މަރީޝަސް އަށް ދިނުމަށް އެއްބަސްވެއްޖެއެވެ.
އިނގިރޭސީން މިގޮތަށް ނިންމިއިރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވެސް ވަނީ ޗާގޯސްގެ މިލްކުވެރިކަން އޮންނަން ވާނޫ މޮރިޝަސް އަށް ކަމަށް ބުނެ އިސްތިޝާރީ ލަފައެއް ދީފައެވެ.
ޗާގޯސް ރަށްތަކުގެ ތެރޭގައި ރާއްޖެއާ އެންމެ ކައިރީގައި އޮންނަނީ ޑިއެގޯ ގާސިއާ ނުވަތަ ފޯޅަވައްސެވެ. މިރަށް އިނގިރޭސީން ވަނީ ދިގު މުއްދަތަކަށް އެމެރިކާ އަށް ކުއްޔަށް ދީފައެވެ. އެމެރިކާ އިން އެރަށް ބޭނުން ކުރަނީ އެގައުމުގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައެވެ.
ޗާގޯސް ރަށްތައް ދޫކޮށްލަން ނިންމިކަން އިއުލާން ކުރީ އިނގިރޭސިވިލާތާއި މޮރީޝަސްގެ ބޮޑުވަޒީރުން ނެރުއްވި ބަޔާނެއްގައެވެ. މި ބަޔާން ނެރުއްވީ ދެގައުމުގެ ބޮޑުވަޒީރުން ގުޅިގެންނެވެ. ނަމަވެސް ޗާގޯސްގެ ރަށްތައް ދޫކޮށްލަން ނިންމީ ފޯޅަވަހީގައި އަސްކަރީ މަރުކަޒު ހިންގާ ގޮތަށެވެ. އެހެންނަމަވެސް އެރަށުގެ ބާރުވެެރިކަން ވެސް އޮންނާނީ މޮރީޝަސްއަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ