ތައުލީމް ހާސިލްކުރުމަށް ރާއްޖެއިން ބޭރަށް ފުރާ ދަރިވަރުން އެ ގައުމެއްގައި ހުންނަ ރާއްޖޭގެ އެންބަސީގައި ރަޖިސްޓްރީވުމަސް އިލްތިމާސްކޮށްފިއެވެ.

ތުރުކީއިން ދިވެހި ދަރިުވަރުންނަށް ލިބިފައިވާ ސްކޮލޮޝިޕްތަކުގައި ކިޔެވުމަށް މިހާތަނަށް ފުރުސަތު ލިބި، ފުރުމަށް ހަމަޖެހިފައިވާ ދަރިވަރުންނަށް، މަތީތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއިބެހޭ ވުޒާރާއިން ބޭއްވި ހަފްލާގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކެޓްރީ، ބައިލޭޓްރަލް، ޑރ. ހާލާ ހަމީދު ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ތައުލީމް ހާސިލްކުރުމަށް ފުރާ ދަރިވަރުން އެންބަސީގައި ރަޖިސްޓްރީވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އޭރުން ދިމާވާ ކަންކަމުގައި އެންބަސީއިން ދަރިވަރުންނަށް އެހީތެރިކަންފޯރުކޮށްދީ މުއާމަލާތްކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

"ތުރުކީގައިވާ ދިވެހިރާއްޖޭގެ އެންބަސީ އިން އެ ގައުމުގައި، މަތީ ތައުލީމު ހާސިލުކުރަމުންދާ އެންމެހާ ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން، އެހެންކަމުން ތަޢުލީމު ހާޞިލުކުރުމަށް ފުރާ ދަރިވަރުން އެންބަސީގައި ރަޖިސްޓަރ ވުމަށް އަޅުގަނޑު އިލްތިމާސްކުރަން. އޭރުން ދަރިވަރުންނަށް ދިމާވާ ކަންކަމުގައި މުއާމަލާތުކޮށް އެހީތެރިވުމަށް ފަސޭހަވެގެންދާނީ" ހާލާ ވިދާޅުވިއެވެ.

ޑރ. ހާލާ ގެ ވާހަކަފުޅުގައި ދިވެހި ދަރިވަރުންނަށް ލިބުނު ތުރުކީ ސްކޮލަރޝިޕްގެ ފުރުޞަތަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ކާމިޔާބީކަން ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ދަރިވަރުންނާއި މުހާތަބުކުރައްވާ އިތުރަސް ވިދާޅުވީ ސްކޮލަޝިޕް ތުރުކީވިލާތުގައި މަތީ ތަޢުލީމު ހާޞިލުކުރަމުންދާއިރު، އެ ޤައުމުގެ އާދަކާދައާއި ސަޤާފަތްތަކަށް އަހުލުވެރިވުމަކީ ވަރަށް މުޙިއްމުކަމެއް ކަމަށެވެ.

ތުރުކީވިލާތުން ހުޅުވައިލި މި ސްކޮލަރޝިޕްގައި، ބެޗްލާރސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޑޮކްޓަރަލް ޑިގްރީގެ ފުރުޞަތުތަށް ހިމެނެއެވެ.މި ފުރުޞަތުތަކުގެ ތެރެއިން، މިހާތަނަށް 14 ދަރިވަރުން ވަނީ ސްކޮލަޝިޕް އަށް ހޮވި، އޭގެތެރެއިން 11 ދަރިވަރުން މިވަނީ ތުރުކީވިލާތަށް ފުރުމަށް ތައްޔާރުވެފައެވެ.