މި އަހަރުގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)ގެ އެއަރޕޯޓް އޮޕަރޭޝަންގެ ޑިޕާޓްމަންޓުތަކުން މިއަދު ބައްދަލުވެ، މަޝްވަރާކޮށްފިއެވެ.

އެމްއޭސީއެލުން ބުނީ އެ ބައްދަލުވުމުގެ މަޤްޞަދަކީ ކުރިއަށް އޮތް ފަތުރުވެރިކަމުގެ ސީޒަންގައި އެއަރޕޯޓް އޮޕަރޭޝަންސްއަށް ދިމާވާ ގޮންޖެހުންތައް މަޝްވަރާކޮށް އެ ކަންކަން ހައްލުކުރަން މަސައްކަތްތައް އިންތިޒާމްކުރުން ކަމަސެވެ.

ާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ އެމްއޭސީއެލް

މި ބައްދަލުވުމަގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖްތަބާ ލަތީފް އަދި ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެ ބައްދަލު ކުރެއްވުމުގައި ސީއީއޯ ޝަރީފް ވިދާޅުވީ، ކުންފުނިން އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން، އައު ބެގޭޖް ހޭންޑްލިންގ ސިސްޓަމެއް ތަޢާރަފުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އެ ސިސްޓަމުގެ ސަބަބުން އެއަރޕޯޓުގެ މަސައްކަތްތައް މިހާރަށްވުރެ ހަލުވިކޮށް، ފަސިންޖަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށެވެ.

"އެމްއޭސީއެލްގެ ލަނޑުދަނޑިތަކާއި އެއްގޮތްވާގޮތުގެ މަތިން މުވައްޒަފުންނާއި މެނޭޖްމަންޓް ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދާނެކަން ފާހަގަކޮށް، އިކުއިޕްމަންޓް އަޕްގްރޭޑްކުރުމާއި ޚިދުމަތްތައް ރަނގަޅުކުރުމަށް އިސްކަންދޭނެ" ޝަރީފާ ހަވާލާދީ އެމްއޭސީއެލުން ބުންޏެވެ.

ާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ އެމްއޭސީއެލް

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް އޮތް ތަނުގައި އިތުރު މަޝްވަރާތައް ކުންފުނީގެ ހިއްސާދާރުންނާއި އެކު ބޭއްވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިހާރު ބޭނުންކުރާ ޓަރމިނަލް ސަރަހައްދު ތަނަވަސްކޮށް، ކާރުބާރޫބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މިދިޔަ އަހަރު ރާއްޖެ އަށް 1.8 މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރިއެވެ. އޭގެ ތެރެއިން 1.5 މިލިއަން ޓޫރިސްޓުން އައީ ރާއްޖޭގެ ރިސޯޓުތަކަށެވެ.