ބޭނުމެއް ޖެހިގެން ފުލުހެއްގެ ގާތަށް ރައްޔިތަކު އަތުވެއްޖެ ނަމަ މާޔޫސްކޮށް ނުލުމަށް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު އެދިވަޑައިގެންފިއެވެ.
ހއ. އަތޮޅަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ އިއްޔެ އެ އަތޮޅު ދިއްދޫ، ކެލާ އަދި އުތީމަށް ޒިޔާރަތްކުރައްވައިފައެވެ. މި ޒިޔާރަތުގައި އެރަށްރަށުގެ ކައުންސިލް މެމްބަރުންނާއި ވިމެން ޑިވެލޮޕްމަންޓް ކޮމިޓީ އަދި އެރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާ ބައްދަލުކުރެއްވިއެވެ.
ފުލުހުންނާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުންތަކުގައި ކޮމިޝަނަރު ވަނީ ރައްޔިތުން ބޭނުމެއްޖެހިގެން ފުލުހުން ކައިރިއަށް އައިސްފިނަމަ ރައްޔިތުން މާޔޫސްކޮށް ނުލެއްވުމަށް އިރުޝާދު ދެއްވާފައެވެ. މީގެ އިތުރުން ރައްޔިތުންނާ ބައްދަލުވެ، އެފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުވައި، ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ވެސް އެދިލެއްވިއެވެ.
ކޮމިޝަނަރު ޝުޖާއު ވަނީ ރަށްރަށުގެ ތަރައްގީގެ މަސައްކަތްތަކުގައި ފުލުހުންގެ ދައުރު މުހިންމުކަން ވެސް ފާހަގަކުރައްވާފައެވެ. އެ ދަތުރުފުޅަކީ ހއ. އަތޮޅުގެ އެކި ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް ކަމަށްވާއިރު، މީގެ ކުރިން ދިއްދޫއާއި ކެލާއަށް ވަނީ ޒިޔާރަތްކުރައްވާފައެވެ. މިއަދު ހއ. އަތޮޅުގެ އިތުރު ރަށްރަށަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ.
މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ ރަށްރަށުގެ ކުށުގެ ހާލަތާއި ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ.
"ޕެޓްސް" މުބާރާތުން ދިވެހި ސިފައިންނަށް ރަންމެޑަލް
"ސިއްހަތަށް ނުރައްކާވާ" މިންވަރަށް ކުރިޔަށް ހަތަރު ދުވަހު ވައިނުސާފު
ރައީސް ޖަރުމަނަށް ފުރާވަޑައިގެންފި
ދެ އިންތިހާބު އެއްކޮށްލާ ބިލު ކޮމެޓީން ފާސްކޮށްފި
ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފި
ވިޔަފާރިތައް ކުރިއެރުވުމުގެ ބަދަލުގައި ސަރުކާރުން އުޅެނީ ފުނޑާލަން
އެއްމެ ފަހުން ޕޮލިހަށް ދިޔައިމާ ވެސް ހެދީ ފާޅުގައި ދޮގު. މައުލޫމާތު ބޭނުންނަމަ މި ނަމްބަރަށް ސީޕީ ގުޅުއްވުއްވާ
އިއްބެ