ރާއްޖޭގެ ފަތުރުވެރިކަން ކާމިޔާބުކަމާއެކު ދެމެހެއްޓުމުގައި ދިވެހިންގެ ސުލްޙަވެރި، އޮމާން ދިވެހިގޮތްތައް ހިފެހެއްޓުން ނުހަނު ބޭނުންތެރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ގައުމީ ފަތުރުވެރިންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަތުރުވެރިކަމުގެ ބިންގަލަކީ، މިތުރުވެރިކަމާއި، އެކުވެރިކަމާއި، ހިތްހެޔޮކަމާއި އަމާންކަމާއި ރައްކާތެރިކަން ކަމުގައި ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކޮށްފައިވަނީ 2022 ވަނަ އަހަރުގައެވެ. އެ ދުވަސް ފާހަގަކުރަނީ 1972 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު، "ކުރުނބާ ވިލެޖް"ގެ ނަމުގައި، މާލެއަތޮޅު ވިހަމަނާފުށީގައި ރާއްޖޭގެ ފުރަތަމަ ރިޒޯޓް ހުޅުވި ދުވަހާ ގުޅުވައިގެންނެވެ.
ފަތުރުވެރިންގެ ދުވަސް ފާހަގަކުރާއިރު ޓޫރިޒަމް ދާއިރާ އިން ރާއްޖެއަށް ވަންނަ ބޭރުގެ ފައިސާތައް ރާއްޖޭގެ ބޭންކުތަކަށް ޖަމާކޮށް, މާރުކުރަން ޖެހޭ ގޮތަށް މިދިޔަ އަންގާރަ ދުވަހު މަރުކަޒީ ބޭންކް އެމްއެމްއޭ އިން ވަނީ ގަވާއިދެއް ނެރެފައެވެ.
އެ ގަވާއިދުގައި ޓޫރިޒަމް ދާއިރާއިން ލިބޭ ބޭރު ފައިސާ މާރުކުރަން ޖެހޭނީ ވެސް ބޭންކްތައް މެދުވެރިކޮށް ކަމަށް ބުނެފައިވެއެވެ. އެގޮތުން ރިސޯޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ބޭރު ފައިސާ ދިވެހި ބޭންކެއް މެދުވެރިކޮށް މާރު ކުރަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް