ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ކ. މާފުށި ޖަލުގައި މަރުވި މައްސަލައިގެ ތަހުގީގަށް އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު، އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފިއެވެ.
މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ، މިދިޔަ މަހުގެ 24 ވަނަ ދުވަހު މަރުވީ ގ. އެއްތެޔޮމާގޭ ޢަބްދުލް ޣަނީ އިސްމާޢީލް، 62،އެވެ. އޭނާ މަރުވީ ދަންޖެހިގެން ކަމަށް ޖަލު ބަލަހައްޓާ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުންޏެވެ.
ފުލުހުން މިއަދު ބުނީ އޭނާ ޕޯސްޓްމޯޓަށް ހެދުމަށްފަހު، ހަށިގަނޑު މާލެ ގެނައީ އިއްޔެ ކަމަށާއި އެއަށްފަހު، އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ ގައިދީ މީހާއަކީ ޖިންސީ ހާނިކައެއް ކުރުމުގެ މައްސަލައެއްގައި ބަންދުކޮށްފައި ހުރި މީހެކެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ