ސިޔާސީ ހަރަކާތް ހިންގުމަށް މީހުން ތަމްރީނު ކުރުމަށް އެކަޑަމީއެއް އުފެއްދުމަށާއި އެކި ދިރާސާތައް ކުރުމަށް ތިންކު ޓޭންކެއް އުފެއްދުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން މިރޭ ނިންމައިފިއެވެ.
އެގޮތަށް ނިންމީ މިރޭ ބޭއްވި އެމްޑީޕީން ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ހާޒިރުވެ، ވޯޓު ދެއްވި 42 މެމްބަރުންގެ އިއްތިފާގުންނެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރިޔާސަތު ބެލެހެއްޓެވި ގައުމީ މަޖިލީހުގެ ބައްދަލުވުގައި އެކަޑަމީ އުފެއްދުމަށާއި ތިންކު ޓޭންކު އުފެއްދުމަށް ފާސްކުރީ ވަކިވަކިން ހުށަހެޅުއްވި ދެ ގަރާރަކުންނެވެ.
އެކަޑަމީ އުފެއްދުމަށް ފާސްކުރި ގަރާރުގައި ބުނެފައި ވަނީ އެމްޑީޕީގެ ސިޔާސަތުތައް ކުރިއެރުވުމަށާއި ދައުލަތުގެ އެކި މަގާމުތަކަށް އައްޔަން ކުރާ މީހުން ތަމްރީނު ކުރުމަށާއި އިންސާނީ ހައްގުތަކާއި މަދަނީ ހައްގުތަކަށް ހޭލުންތެރިކޮށް، ހިންގުމުގެ ދާއިރާ އާއި ތައުލީމީ ދާއިރާއަށް އަހުލުވެރި ޒިންމާދާރު ލީޑަރުން އުފެއްދުމަށް އެކަޑަމީއެއް އެމްޑީޕީން ހަދަންޖެހޭ ކަމަށެވެ.
ތިންކް ޓޭންކު އުފެއްދުމަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ އެކި ދާއިރާތަކުން ދިރާސާތައްކޮށް، އެމްޑީޕީގެ ތަސައްވުރާ އެއްގޮތަށް އާ ގޮތްތަކާއި ސިޔާސަތުތައް އެކުލަވާލައި އެމްޑީޕީގެ ލީޑާޝިޕަށް ލަފާ ދިނުމަށް ތިންކު ޓޭންކެއް އުފައްދަންޖެހޭ ކަމަށެވެ.
ފައްޔާޒު މިރޭ ވިދާޅުވީ އެމްޑީޕީ ނަމުގައި އެކަޑަމީއެއް އުފެއްދުމަށް ފުރުސަތު ސަރުކާރުން ނުދީފިނަމަ، އެ ޕާޓީގެ "ޕްރޮކްސީ"ގައި އެކަން ކުރާނެ ހުއްދަ ޕާޓީގެ ލީޑަޝިޕުން ދިނުމަށް އެދޭ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ގައުމީ މަޖިލީހުގެ ވަކިވަކި މެމްބަރުންގެ ނަމުގައި އެފަދަ އެކަޑަމީއެއް އުފެއްދިދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ