މިދިޔަ މަސް ތެރޭގައި ސްޓެލްކޯ އިން ތައާރަފުކުރި އެކުންފުނީގެ ހޮޓްލައިން މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތް ލިބިގެން ދާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ކޮންޓެކްޓް ސެންޓަރުގެ ހޮޓްލައިން އަކީ 1545 އެވެ. މިއީ ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، ފަސޭހަކަމާއިއެކު، ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސްޓެލްކޯ އިން ފެށި މަސައްކަތެއް ކަމަށް އެކުންފުނިން ހާމަކުރެއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ހޮޓްލައިން މެދުވެރިކޮށް 24 ގަޑިއިރު މިހާރު ހިދުމަތް ލިބިގެން ދާނެ ކަމަށެވެ.
ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ހުރިހާ ހިދުމަތަކާއި ގުޅުންހުރި މައުލޫމާތާއި، ކަރަންޓު ބިލްތަކާއި ގުޅުންހުރި ޝަކުވާތަކާއި، ކުންފުންޏާއި ގުޅުންހުރި އެނޫންވެސް ކަންކަމުގައި ސްޓެލްކޯގެ ހޮޓްލައިން ބޭނުން ކުރެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ.
މީގެ އިތުރުން ސްޓެލްކޯގެ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ސްޓެލްކޯ ކެއާގެ ހިދުމަތާއިއެކު ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާއި މުއާމަލާތު ކުރެވޭނެ އިންތިޒާމުވެސް މިހާރު ހަމަޖައްސާފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ