ރާއްޖޭގެ ދެކުނުގެ ރަށެއްގައި ދަރިވަރަކު ބަރަހަނާކޮށް ވީޑިއޯކޮށް އެ ކުއްޖާ އަށް ބްލެކްމެއިލް ކުރި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި ރޭ ވަނީ އެ ވާހަކަތައް ދައުރުވާން ފަށައިފައެވެ. ފުލުހުން މިއަދު ބުނީ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ އެކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.
އެގޮތުން ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން އެ ހާދިސާއާ ގުޅޭ މައުލޫމަތު ހޯދުމުގު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި އެކުއްޖާއާ ދައްކާފައިވާ ވާހަކަތަކުގެ ސްކްރީން ޝޮޓުތަކެއް ވެސް ވަނީ ލީކުވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްޖާ އަށް އަނިޔާ ދީފައި ވަނީ ވެސް ކުޑަ ކުދިންތަކެކެވެ. އަދި އެއީ އެއް ސްކޫލެއްގައި ތައުލީމު ހާސިލް ކުރަމުން އަންނަ ކުދިންތަކެކެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ