މިއަދު ފާހަގަ ކުރަމުންދާ ޗައިނާގެ 75 ވަނަ ގައުމީ ދުވަހު އެ ގައުމަށް ތައުރީފު ކުރައްވައި، ޗައިނާއަކީ ރާއްޖެއަށް މުހިއްމު ބައިވެރިއެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ސަލާމް ކުރައްވާ ފޮޓޯއެއް "އެކްސް"ގައި ހިއްސާ ކުރައްވަމުން، ޝާހިދު ވިދާޅުވީ އެ ގައުމަކީ މުއްސަނދި ތާރީހަކާއި ސަގާފަތެއް އޮތް ގައުމެއް ކަމަށެވެ. ޗައުނާއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޒަމާންތަކަކަށް ދެމިގެންދާ ރާއްޖެ އާއި ޗައިނާގެ އެކުވެރިކަމުގެ ގުޅުމަކީ ދެ ގައުމުން ކުރާ އިޙްތިރާމްގެ މައްޗަށް ދެމިގެންދާ ގުޅުމެއްކަން ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ރާއްޖޭގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ޗައިނާ ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
ޗައިނާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ޝީއަށާއި ޗައިނާގެ ސްޓޭޓް ކައުންސިލްގެ އެންމެ އިސްވެރިޔާ، ޕްރިމިއާ ލީ ކުއާން އާއި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓިކަލް ބިއުރޯގެ ސެންޓްރަލް ކޮމިޓީގެ މެންބަރުންނަށާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަރީފު ވާން ލިޒިންއަށް ތަހުނިޔާ ވިދާޅުވެފައިވެއެވެ.
ޗައިނާގެ ޤައުމީ ދުވަސް ފާހަގަކުރަނީ 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުން ފެށިގެންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ