މާލެއިން ފެށިގެން ތިލަފުށްޓާ ހިސާބަށް ގުޅާލުމަށް މަސައްކަތް ކުރާ ތިލަމާލެ ބްރިޖުގެ މަސައްކަތުގައި އުޅުނު އިންޑިއާގެ އެފްކޮންސް މުވައްޒަފަކު އަނެއްކާވެސް މަރުވެއްޖެއެވެ.
ފުލުހުން ބުނީ ޒަހަމްތަކަކާ އެކު އޮތް މީހަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ރޭ ފަތިހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.
"އެ މީހާއަކީ މާލެ ވިލިމާލެ ބްރިޖުގެ މަސައްކަތް ކުރާ އެފްކޮންސްގެ މުވައްޒަފެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ.
ފުލުހުން ބުނީ އޭނާ ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނީ ވިލިމާލެ ސައިޓުން ކަަމަށެވެ.
މީގެ ތިން މަސް ކުރިން ވެސް ބްރިޖުގެ މަސައްކަތުގައި އުޅުނު މީހަކު ވަނީ މަރުވެފައެވެ.
މިއީ ބްރިޖުގެ މަސައްކަތުގައި މަރުވި ދެ ވަނަ މީހާއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ