ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓުތަކަކުން ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި އެ ބޭންކުގެ ކުރީގެ މުވައްޒަފަކު 56،000 ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
ބ. އޭދަފުށީ ހިޔާވަހި، އަލީ މާޒިންގެ މައްޗަށް ދައުލަތުން ހިޔާނާތުގެ ދައުވާކުރީ ސެޕްޓެމްބަރު، 2012 ގައި އިން ފެށިގެން 2021 އާ ހަމައަށް ބީއެމްއެލްގައި އޭނާ ވަޒީފާ އަދާ ކުރިއިރު، ކަސްޓަމަރުންގެ ހުއްދަ ނެތި އިންޓަނެޓް ބޭންކުގައި އެ މީހުން ރަޖިސްޓްރީ ކުރުމަށްފަހު އެކައުންޓްތަކުން 482،000ރ. ނަގައިގެން މާޒިންގެ ކްރެޑިޓް ކާޑު ޕޭމަންޓްތަކާއި ފޮރެކްސް ޓްރާންސްއެކްޝަންތައް ހިންގުމަށް ބޭނުން ކޮށްފައިވާތީއެވެ.
އެ މައްސަލާގައި މާޒިންގެ މައްޗަށް ކުރި ހިޔާނާތުގެ ދައުވާއަށް އޭނާ ވަނީ ކޯޓުގައި އެއްބަސްވެފައެވެ. އަދި އޭނާ ވަނީ އަދަބު ލުއިކުރަން ދައުލަތާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދައިފިއެވެ. އަދި ގެއްލުނު ފައިސާ ބޭންކަށް އަނބުރާ ދޭންޖެހޭ ގޮތަށް ވެސް އެ އެއްބަސްވުމުގައި ހިމަނާފައިވެއެވެ.
އެހެންވެ, އޭނާގެ މައްޗަށް އަދަބު ކަނޑައެޅީ އިއުތިރާފްގެ އެއްބަސްވުމުގެ ދަށުންނެވެ. އެ ކުށުގެ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުން ކަމަށްވީ ނަމަވެސް އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން ކޯޓުން ވަނީ އެ 56،200ރ. ގެ ޖޫރިމަނައަކާ އެކު 40 ގަޑިއިރު މުޖުތަމައުއަށް ހިދުމަތް ކުރަން އަންގައިފައެވެ.
ހުކުމުގައި އަންގާފައިވަނީ ޖޫރިމަނާގެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށެވެ.
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި