ފުވައްމުލަކު ސިޓީގައި ވާލުގެ އުނދަގޫ ބޮޑުވުމުން، ބަޑި ޖަހައިގެން ވާ މަދު ކުރުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފިއެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ ފުވައްމުލަކު ސިޓީގައި ވާ މަދުކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި ފުވައްމުލަކު ސިޓީ ކައުންސިލުން ގުޅިގެން ފަށާފައިވާ ކަމަށެވެ.
ފުވައްމުލަކު ސިޓީގައި ވާ ގިނަވެ އާންމު ފަރުދުންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވުމާއެކު، މިއަދުން [ސެޕްޓެންބަރު 28 ވަނަ ދުވަހު] ފެށިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި، ކޮންމެ ދުވަހަކުވެސް އެ ސިޓީގެ އެކި ސަރަހައްދުތަކުގައި ބަޑި ޖަހައިގެން ވާ މަދުކުރުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި ފުވައްމުލަކު ޕޯސްޓުގައި މަސައްކަތްކުރާ ސިފައިންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ