ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއްގައި މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަން ފަށައިފިއެވެ.
"އަބްލޯ މިޔާދު ޔޫސުފް"ގެ ނަމުގައި ސޯޝަލް މީޑިގައި ހަރަކާތްތެރިވާ މީހަކު ރައީސަށް މަރުގެ އިންޒާރުދިން މައްސަލައެއް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.
އޭނާ ރައީސަށް މަރުގެ އިންޒާރު ދީފައި ވަނީ އދ. ގެ އާއްމު މަޖިލީހުގައި އެމަނިކުފާނު ތަގުރީރު ކުރައްވަމުން ގެންދަވާ ލައިވް ވީޑިއޯ އަށް ކުރި ކޮމެންޓެއްގައެވެ.
އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. އަދި އެ މައްސަލާގައި މީހަކު ހައްޔަރެއްވެސް ނުކުރެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ