ހެލްތު މިނިސްޓްރީން ނަގަން ޖެހޭ ހުއްދަ ނުނަގާ ފަޒީލާ އުސްމާން ހިންގަމުން ދިޔަ "ފަޒީސް ހިޖާމާ" ބަންދުކޮށްފިއެވެ.
މިދިޔަ މަހުގެ ތެރޭގައި ހެލްތުން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެތަން ހިންގުމުގެ ލައިސަންސް ލިބެންދެން ކްލިނިކުން ދެމުން އަންނަ ހިދުމަތް ހުއްޓާލުމަށް އަންގާފައިވާ ކަމަށެވެ. އަދި އެ ކްލިނިކު ޕްރޮމޯޓު ކުރުމަށް ސޯޝަލް މީޑިއާގައި ޖަހާފައިވާ އިޝްތިހާރުތައް ވެސް ނެގުމަށް އެންގިއެވެ. އެގޮތަށް އެންގީ އެ އިޝްތިހާރުތައް ވެސް ޖެހޭނީ މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް ވާތީއެވެ.
މިދިޔަ އާދީއްތަ ދުވަހު ބުނީ ހެލްތު މިނިސްޓްރީގެ ހުއްދަ ނުހޯދާ ހުޅުމާލޭގައި ހިޖާމާ ކްލިނިކެއް ހިންގާ މައްސަލަ ބަލައިދިނުމަށް އެދިފައިވާތީ، އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އެ މައްސަލަ ހެލްތު މިނިސްޓްރީގެ ފަރާތުން ފުލުހަށް ހުށަހެޅީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
އެކަމާއި ގުޅިގެން ފަޒީސް ހިޖާމާގެ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ ހިޖާމާ ޖެހުމުގެ މަސައްކަތް އަލުން އެ ކްލިނިކުން ފަށާނީ ހެލްތުން ލިބެންވާ ހުއްދަ ލިބުމުން ކަމަށާއި އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ