ގދ. ތިނަދޫ ސިޓީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޓާޝަރީ ހޮސްޕިޓަލް އިމާރާތް ކުރާނީ މިހާރު ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ހުރި ބިމުގައި ކަމަށް ހެލްތު މިނިސްޓަރު ޑރ. ހަލީލް ވިދާޅުވެއްޖެއެވެ.
ގދ ގެ ސިއްހީ ހިދުމަތަށް 55 އަހަރު ފުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ތިނަދޫ ސިޓީގެ ރައްޔިތުން ބޭނުން ވަނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރަން ކަމަށެވެ.
އެ އެމަޝްރޫއުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި ޓަރޝަރީ ހޮސްޕިޓަލް އަޅާނީ މިހާރު ހޮސްޕިޓަލް ހުރި ބިމުގައި ކަމަށް ވެސް ވިދާޅުވިއެވެ.
މިއާއި އެކު އަލަށް އަޅާ އިމާރާތުގައި އީއާރުގެ ހިދުމަތްވެސް މިހާރަށްވުރެ ރަނގަޅު ފެންވަރުގައި، ޒަމާނީ ޓެކްނޮލޮޖީއާއެކު ފޯރުކޯށްދިނުމުގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގެ ޓެކްނޮލޮޖީތަކާއެކު އޮޕަރޭޝަން ތިއޭޓަރުތަކެއް ތަރައްގީ ކުރެވިގެންދާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެ މަޝްރޫއު އަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރައްވަމުން ގެންދަވާކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
ތިނަދޫގައި ސިއްޙީ ދާއިރާ ފުޅާކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ދަށުން އެ ސިޓީގައި ވެލްނެސް ސެންޓަރެއް ހިމެނޭހެން އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރެއް ތަރައްގީ ކުރެވިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވީހާވެސް އަވަހަށް އެމްއާރުއައިގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި އަންނަ އަހަރު ތެރޭގައި އެ ހިދުމަތްވެސް ފެށޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ހަލީލް ތިނަދޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އަލަށް ގާއިމުކުރި ރިޕްރޮޑަކްޓިވް ހެލްތު ސެންޓަރާއި ބްލަޑް ބޭންކުވެސް ވަނީ ހުޅުއްވައިދެއްވާފައެވެ.
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި