އެމެރިކާގެ ބައެއް އެއަރލައިންތަކުން ޗައިނާއަށް ދަތުރުކުރާ ފްލައިޓްތައް އިތުރުކުރުމުގެ ވިސްނުމެއް މިވަގުތު ނެތްކަމަށް އެއަރލައިންތަކުން ބުނެފިއެވެ.
އެމެރިކާގެ އެންމެ ބޮޑު އެއް އެއަރލައިންކަމަށްވާ އެމެރިކަން އެއަރލައިންސް މިހާރު އެމެރިކާގެ ޑަލަސް އާއި ޗައިނާގެ ޝަންހާއީ އާ ދެމެދު ކޮންމެ ދުވަހަކު ފްލައިޓެއް ބާއްވައެވެ. މީގެ ކުރިން ދުވާލަކު ބާއްވަމުން އައި ތިން ފްލައިޓްގެ ތެރެއިން އަނެއް ދެ ފްލައިޓް ބޭއްވުން އަދިވެސް އިތުރަށް ފަސްކުރުމުގެ ހުއްދައަކަށް މިދިޔަ ހުކުރު ދުވަހު އެ ކުންފުނިން ވަނީ އެމެރިކާގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓުގައި އެދިފައެވެ.
އެމެރިކަން އެއަރލައިންސް އިން ބުނީ އެމެރިކާ-ޗައިނާ ސެކްޓަރގައި ކޮވިޑްގެ ކުރީގެ ހާލަތަށް އަދިވެސް ދަތުރުފަތުރު ރުޖޫއަނުވާ ކަމަށާއި، ފްލައިޓްތައް އިތުރު ކުރެވޭނީ ޑިމާންޑް އިތުރުވުމުން ކަމަށެވެ. ޑެލްޓާ އަދި ޔުނައިޓެޑް އެއަރލައިންސް އިންވެސް ވަނީ ފްލައިޓްތައް އިތުރުކުރުން ލަސްކުރާނެކަން އަންގާފައެވެ.
މާފަންނުގައި ހުރި ގުދަނެއްގައި ރޯވެ އަނދަނީ
ފިތުރު އީދު ދުވަހަކީ ހުކުރު ދުވަސް ކަމަށް ކަނޑައަޅައިފި
ޑިމޮކްރަސީ އަގުހެޔޮކުރަން ކުރާ މަސައްކަތުން ހާލަތު ދާނީ ދަށަށް
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ޒިޔަތު
ކުރިއެކޭ އެއްއަގެއްގައި އާންމު ދަތުރުފަތުރާއި ފެރީތަކަށް ތެޔޮ ދޫކުރަނީ
ރެފަރެންޑަމްގައި ކުރާ ސުވާލު ސައްހައެއް ނޫން: ސުއޫދު